ads
ރައީސް އަދި ނައިބު ރައީސް މުސާރަ ބޮޑުކުރަން ފާސްްކޮށްފި
ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައީސް، ނައިބު ރައީސް، މިނިވަން މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކާއި ޝަރުއީ ދާއިރާގެ މުސާރަތައް ބޮޑުކުރަން ފާސްކޮށްފައިވެއެވެ.

އެގޮތުން މިއަދު ވަނީ ރައީސް އަދި ނައިބު ރައީސްގެ ވެސް މުސާރަ ބޮޑުކޮށްފަ އެވެ. 

 މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ ރައީސްގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

 ހުރިހާ އިދާރާއެއްގެ ބޮޑުކުރަން ހުށަހެޅި މުސާރައާއެކު ދައުލަތުގެ ބަޖެޓުން 90 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ އެވެ.

50%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް