ads
ކޮވިޑް-19ގެ އަސަރު ބޮޑަށް ކުރަނީ ފިރިހެނުންނަށް! ސަބަބު އެނގޭތަ؟
ކޮވިޑް-19 ވައިރަސް ގެ ސަބަބުން އަންހެނުންނަށް ވުރެ ބޮޑަށް އެބަލީގެ އަސަރުކުރަނީ ފިރިހެނުންނަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮވިޑް-19ގެ އަސަރު ފިރިހެނުންނަށް ބޮޑަށް ކުރާ ވާހަކައަކީ މި ވައިރަސް ފެނުނީއްސުރެ ދެކެވެމުން އަންނަ ވާހަކަ އެކެވެ.

އިޓަލީ ފަދަ ގައުމުތަކަށް ބަލައިލާނަމަ، މި ވައިރަސް އަށް ޕޮޒިޓިވްވާ 60 އިންސައްތައަކީ ފިރިހެނުންކަމަށްވާއިރު، ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުންގެ 70 އަށް ވުރެ ގިނަ އިންސަތައަކީ ވެސް ހަމަ ފިރިހެނުންނެވެ. ސައުތު ކޮރެއާ ފަދަ ގައުމުތަކުގައި ކޮވިޑް-19 އަށް ގިނައިން ޕޮޒިޓިވް ވެފައި ވަނީ އަންހެނުން ނަމަވެސް، މަރުވި މީހުންގެ 54 އިންސައްތައަކީ ފިރިހެނުންނެވެ.

ކޮވިޑް-19 އިން ބޮޑު ގެއްލުމެއް ފިރިހެނުންނަށް ކުރާކަމުގެ އެއް ސަބަބަކީ، އަންހެނުންނަށް ވުރެ ބޮޑަށް ސިއްހަތަށް ގެއްލުންވާ މިންވަރުގެ ކަންތައްތައް ފިރިހެނުން ކުރާތީ އެވެ. އެގޮތުން، 2015 ވަނަ އަހަރު، މުޅި ދުނިޔޭގެ ޑޭޓާ އަށް ބަލާއިރު އަންހެނުންނަށް ވުރެ ފަސް ގުނަ އިތުރަށް ފިރިހެނުން ސިނގިރޭޓު ބޮއެވެ. އަދި ފިރިހެނުން ބަނގުރާ ބޯ މިންވަރުވެސް އަންހެނުންނަށް ވުރެ ގިނަ އެވެ. އަދި އަންހެނުންގެ ދިފާއީ ނިޒާމް އުފެދިފައިވާ ގޮތް ތަފާތު ވެފައި، ވަރުގަދަ ކަމަށްވެސް އެއްބައި ދިރާސާ ތަކުން ދައްކަ އެވެ.

ފަސޭހައިން ކޮވިޑް-19 ފިރިހެނުންނަށް ނުޖެހުނުން ނަމަވެސް، މި ވައިރަސް ޖެހުމަށްފަހު މި ބަލިން ކުރާ އަސަރު ފިރިހެނުންނަށް ބޮޑު ކަމަށް މި ދިރާސާއިން ދައްކަ އެވެ. އެގޮތުން، އިޓަލީގައި މަރުވާ ކޮންމެ ދިހަ އަންހެނަކަށް، 24 ފިރިހެނުން މަރުވާކަމަށް ދައްކާއިރު، މި ވައިރަސްއަށް ޕޮޒިޓިވްވާ ކޮންމެ ދިހަ އަންހެނެކަށް، ޕޮޒިޓިވް ވަނީ 14 ފިރިހެނުންނެވެ. އަދި ސައުތު ކޮރެއާއަށް ބަލާއިރު މަރުވާ ކޮންމެ ދިހަ އަންހެނަކަށް 12 ފިރިހެނުން މަރުވާ ކަމަށް ދައްކާއިރު، މި ވައިރަސް އަށް ޕޮޒިޓިވްވާ ކޮންމެ 10 އަންހެނަކަށް، ޕޮޒިޓިވްވާ ކަމަށް ދައްކަނީ ހަ ފިރިހެނުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ބޮޑު އަސަރެއް ފިރިހެނުންނަށް ކުރާއިރު ހިތުގެ ބަލި، ސްޓްރޯކް، ނޭވާލާ ނިޒާމް ގެ މައްސަލަތައް ހުންނަ މިންވަރުވެސް އަންހެނުންނަށް ވުރެ ފިރިހެނުންގެ ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. 

43%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް