ads
ނޭމާ
އަނިޔާގެ ސަބަބުން ނޭމާއަށް ކޮޕާ އެމެރިކާ ނުކުޅެވޭނެ
އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާއަށް، އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ނޭމާއަށް ކޮޕާ އެމެރިކާގައި ނުކުޅެވޭނެކަން ކަށަވަރުވިކަން ހާމަކުރީ، ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރެވެ. ޑޮކްޓަރު ބުނި ގޮތުގައި ނޭމާގެ ކަކުލަށް ލިބިފައިވާ އަނިޔާއަށް އޭނާ މިހާރު ފަރުވާ ހޯދަމުން އަންނަ އިރު، އަންނަ އަހަރުގެ މުބާރާތަށް ނޭމާ ފިޓެއް ނުވާނެއެވެ. 

ނޭމާގެ ކަކުލުގެ އޮޕަރޭޝަނަށް ފަހު "ވަރަށް ރަނގަޅަށް" ރިކަވަރ ވަމުން އައިނަމަވެސް އެނބުރި ކުޅުމަށް އަންނާނީ ކޮން އިރަކު ކަމެއް ބުނަން އަދި ނޭގޭ ކަމަށް ޑޮކްޓަރުން ކުރިންވަނީ ބުނެފައެވެ.

އުމުރުން 31 އަހަރުގެ ނޭމާއަށް އަނިޔާވީ، އޮކްޓޫބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލަށް ކުޅެމުން ދަނިކޮށެވެ. އަނިޔާވީ ކަނާތު ކަކުލަށެވެ. މި ފަދަ އަނިޔާތަކަށް އާއްމުކޮށް، އަށް މަހާއި 10 މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.  

އަންނަ އަހަރު އެމެރިކާގައި އޮންނަ މި މުބާރާތުގައި ބްރެޒިލް ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، ކޮލަމްބިއާ، ޕެރަގުއޭ އަދި ކޮސްޓާރިކާ ނުވަތަ ހޮންޑިއުރަސް ކުރެން އެއް ޓީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް