ads
އިސްލާމިކް މިނިސްޓްރީގެ 3 ފަންޑެއް ތަރައްގީ ކުރަން އެމްއައިބީގެ އެހީ
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ފަނޑުތައް ތަރައްގީ ކުރަން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
Advertisement

އިސްލާމިކް ބޭންކާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ޒަކާތު ފަންޑު, އަވްގާފް ފަންޑު އަދި ހައްޖު ފަންޑެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ، މުފައްދަލް އިދުރިސް ހުމްރީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭތަކެއް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. އަދި ވަގްފްގެ މަޝްރޫއުތައް ހުރިހާ އަތޮޅެއްގައި ހިންގުމަށްވެސް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.

ރައީސް މުއިއްޒު ވަނީ ދާދި ފަހުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައި, އެ އިދާރާ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހައްޖު ފަނޑުވެސް ތަރައްގީ ކުރަން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ސަރުކާރުން ވަނީ ސަރުކާރުގެ އެހީގައި 1000 ފަރާތަކަށް ހިލޭ ހައްޖައް ދެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ބުނެފައެވެ. މިއާއެކު މިނިސްޓްރީން ވަނީ ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރާރުގެ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރަށު ވަގުފާއި އަތޮޅު ވަގުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރަށްރަށުގައި ދީނީ ތައުލީމު ދޭ ތަންތަން އިތުރުކޮށް ރައްޔިތުންނަށް އިތުރު ފަސޭހަ ގޮތްތަކެއް ހޯދައި ދެވޭނެ ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް