ads
މަޓީގެ އަހަރީ އާންމު ޖަލްސާ 2019/ ފޮޓޯ: ސަން އޮންލައިން
ބިމު ކުއްޔަށް ލުޔެއް ދިނުމަށް މަޓީން އެދެފި
ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި އެޑްވާންސްކޮށް ސަރުކާރަށް ނަގާ، ޓޫރިޒަމް ލޭންޑް ރެންޓަށް ލުޔެއް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން އެދިއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޓީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް ސަރުކާރަށް ހުށައަޅާ މިކަންކަމަށް ލުޔެއް ދިނުމަށް ސަރުކާރުގައި އެދިފައެވެ.

އެގޮތުން ރިސޯޓުތަކުގެ ބިމު ކުއްޔަށް ލުޔެއް ދިނުމުގެ އިތުރުން އިންކަމް ޓެކްސް ފަސްކޮށްދިނުމަށް މަޓީން ވަނީ ސަރުކާރަށް ހުށައަޅާފައެވެ.

މަޓީ ގެ އިތުރުން، ބޯޓިން އެސޯސިއޭޝަނާއި ގެސްޓްހައުސް އެސޯސިއޭޝަނާއި ޓޫރިޒަމް ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާތައް ކަމަށްވާ އާޓާ އަދި މަޓާޓޯ އަދި މާޔާގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ. ސަރުކާރުގެ ފަރާތުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ގެސްޓްހައުސްތައް ބަންދުކުރުމަށް ސަރުކާރުން އަންގާފައި ވާއިރު މިހާތަނަސް 50 ރިސޯޓުވަނީ ބަންދުކޮށްފައެވެ. އަދި ޓްރެވަލް އެޖެންސީ ތައްވެސް ހުއްޓުމަކަސް އައިސްފައިވާއިރު، މި ބަލީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 600 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް