ކުރިން އެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރެވެ.
އެންސީޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ސިޔާސީ މަގާމެކެވެ.
އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 31،300 ލިބިވަޑައިގަންނަވައެެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 18،000، ލިވިން އެލަވަންސްއަށް 12،000 އަދި ފޯން އެލަވަންސްއަށް 800 އެވެ.
ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަަށްފަހު، 2021 ވަނަ އަހަރު ޑިސެމްބަރު މަހު ޒަކަރިއްޔާ މަންސޫރު ސިފައިންގެ ވަޒީފާއިން ރިޓަޔާކުރެއްވިއެވެ.
ނަމަވެސް އެނާ ގެންދެވީ މިއަދާ ހަމައަށް އެންސީިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވަމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައިމަން ލަތީފް 2022 ވަނަ އަހަރު ހޯދާފައިވާ މައުލޫމާތުގައިވާގޮތުން، ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަަށްފަހު، މަންސޫރު ރިޓަޔާކުރެއްވުމާއި ހަމަޔަށް މުސާރާގެގޮތުގައި މަހަކު 57،032 ރުފިޔާ ލިބިލައްވަމުން ދިޔައެވެ.
އެއީ:
މީގެ އިތުރުން އެމަގާމުން ރިޓަޔާކުރެއްވުމާއި ގުޅިގެން ގަނޑުކޮށް، އެއްމިލިއަން ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ އެއްްފަހަރާ ލިބިލައްވާފައިވެއެވެ، ރިޓަޔާމަންޓާ ގުޅިގެން މިހާރުވެސް މަހަކު 20،430 ރުފިޔާ މަންސޫރަށް ލިބިލައްވައެވެ.