ads
ބޭރުގައި ކިޔަވާ ކުދިންނަށް 1200 ޑޮލަރު ނެގޭގޮތް ހަދަނީ
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ނެގޭ ޑޮލަރުގެ ލިމިޓް ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓެރީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1200 ޑޮލަރު ނެގޭނެ ކަމަށެވެ. 

އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުގައި މަޝްވަރާ ކުރުމަށް ފަހު ކިޔަވަންދާ ކުދިންނަށް ޑޮލަރު ނެގޭ އަދަދު އިތުރު ކުރުމަށް ސަރުކާރުން ނިންމި އިރު އާންމުކޮށް ޑޮލަރު ނެގޭ އަދަދު ބޮޑު ކުރުމަށް ވެސް ސަރުކާރުން ވިސްނަމުން އަންނަކަމަށް ނާޒިމް ވިދާޅުވި އެވެ.

"ތަންފީޒްކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ. އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ އާއި އަދި ބީއެމްއެލްއިން އެމަސައްކަތް ކުރައްވަމުން ގެންދަވާނެ،" ނާޒިމް ވިދާޅުވިއެވެ.

މިހާރު  ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރެވެ.

ބޭރުގެ ފައިސާގެ ލިމިޓް މަތިކުރުމާބެހޭގޮތުން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު މަތިކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދައި، އެމްއެމްއޭގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެން ބީއެމްއެލްއަށް މިކަން ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ހއްލު ކުރުމަކީ  ރައީސްގެ ވަޢުދުފުޅެކެވެ. ކިޔަވާ ކުދިންނަށް 1200 ޑޮލަރު ނެގޭގޮތައް ހެދުމަކީ އެ ވައުދު ފުއްދުމުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް