ނާޒިމް ވިދާޅުވީ އެކި ބޭނުންތަކަށް ރާއްޖެ އަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން އޮންއެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން ލާޒިމް ކުރަން ނިންމާފައިވާކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ރެގިއުލައިޒްކުރާއިރު މެޑިކަލް ޗެކަޕް ލާޒިމްކޮށްފައިވާ ކަމަށެވެ. އަދި ނާޒިމް ވިދާޅުވީ ހެލްތުން ގަބޫލުކުރާ ބައެއް ތަންނަތުން ހަދާ މެޑިކަލް ޗެކަޕް ގަބޫލުކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖެއަށް އަންނަ ބިދޭސީންނާއި ރާއްޖޭގައި ތިބި ބިދޭސީން މެޑިކަލް 6 މަސް ތެރޭގައި ހަދަންޖެހޭ ގޮތަށް ސަރުކާރުން ނިންމާފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.