ads
ސިނަމާލޭ ބްރިޖުގެ މާލެ އިން ހުޅުމާލެއަށްދާ ފަޅި މިރޭ ބަންދުކުރަނީ
ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ބަންދުވާނެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ކަމަށެވެ.

 އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެކަމަށް ފުލުހުން ބުނެއެވެ. 

 އެ ވަގުތު ބްރިޖުން ދަތުރުކުރާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް