ads
މިއަދު ކަނޑުތައް ގަދަވާނެ، ރާޅުގެ އުސްމިނުގައި 7 ފޫޓު
މިއަދު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓްއިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށި ފަހުން، ތ އަތޮޅާށް 11:00 އިން 17:00 އަށެވެ. 

މެޓުން ބުނެފައިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ. 

"އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ކަނޑުތައް ގަދަވާނެ،" -މެޓް-

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް