ads
ރާއްޖެ އައި ފަތުރުވެރިއަކަށް މަރުހަބާ ކިޔަނީ: ޖޫން މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައީ ޗައިނާއިން - ފޮޓޯ:މޯލްޑިވްސް އިމިގްރޭޝަން
އެއް ދުވަހުން 8،000 އަށްވުރެ ގިނަ ފަތުރުވެރިންގެ ރެކޯޑެއް
މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް އަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަ ކުރި ގޮތުގައި ހޮނިހިރު ދުވަހު 8054 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިއަހަރުގެ ތެރޭގައި އެއް ދުވަހެއްގެތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހެވެ.

މީގެކުރިން މި އަހަރުގައި އެއް ދުވަހުގެ ތެރޭގައި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ކަމަށް ރެކޯޑު ކުރެވިފައިވާ އަދަދަކީ 8024 މީހުންނެވެ. އެ އަދަދަށް ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއަށް އެއް ދުވަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެދުވަހުގައި 9000 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި ހިންގާ 2023 ވަނަ އަހަރަށް ރާއްޖެއިން އަމާޒު ހިފި އަދަދު ކަމުގައިވާ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ހާސިލްވެ، އަހަރުގެ މިހާތަނަށް ޖުމްލަ 1821338 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 12.4 އިންސައްތައިގެ އިތުރު ވުމެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1620215 ފަތުރުވެރިންނެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ދުވަސްވަރު ކަމަށް ވާއިރު، މިހާރު އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަ ކަމަށް ރެކޯޑް ކުރެވިފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް