ads
ހުޅުމާލެ ފޭސް 2 ގެ ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުން މަނާކޮށްފި
ހުޅުމާލެ ފޭސް 2 ގެ ސަރަހައްދަށް ހުއްދަނެތި ވަނުމަކީ މަނާކޮށްފިއެވެ.

މިކަން އިއުލާނުކޮށް އާބަންކޯއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންކަމަށެވެ.

ހުޅުމާލޭގެ ފޭސް 2 ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން ވަނީ މި ނޫސް ބަޔާނުގައި އިލްތިމާސް ކޮށްފައިއެވެ.

ފޭސް 2 ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވިނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން  ފާހަގަކުރެމުން އާބަންކޯއިން ބުނެފައިވަނީ ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އާބަންކޯއިން އިލްތިމާސްކޮށްފައިވާނެކަމަށެވެ.

މި ނޫސް ބަޔާނުގައި އާބަންކޯއިން ވަނީ ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މި ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމުގަ ބުނެފައެވެ.

ނޯޓު: މިހަބަރާއި ގުޅޭ މައުލޫމާތު ދިން އިރު އެންމެ ފުރަތަމަ ފޭސް 3 ކަމަށް ބުނެވުނީ އޮޅުމަކުންކަމަށް އާބަންކޯއިން ބުނޭ. މިހެންކަމުން މި ހަބަރަށް 26 ޑިސެންބަރު 2023 ވަނަ ދުވަހުގެ 17:07 ގައި ވަނީ ބަދަލުގެނެވިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް