ads
މަސްވެރިކަމުގެކޮލެޖު އުފެއްދުމުގެއެއްބަސްވުމުގައި ސޮއިކޮށްފި
ދެހާސްތޭވިސް ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ޑރ. މުއިއްޒު އިޢުލާން ކުރެއްވި މަސްވެރިކަމުގެ ކޮލެޖު އުފެއްދުމުގެ މަސައްކަތް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ސިޔާމް އަދި ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ ޑރ.އައިސަތުު ސެހެނާޒް އާދަމްއެވެ.

މި ރަސްމީޔާތު ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓީ ޗާންސިލާ މަހުމޫދު ޝައުގީ ވިދާޅުވީ މި ކޮލެޖްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ޤައުމީ ޔުނިވާސިޓީ އަށް ލިބުމަކީ ވަރަށްވެސް ސަރަފުވެރި ކަމެއް ކަމަށެވެ.

"މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ގޮތުން ދިރާސާކޮށް އެކަމާއި ބެހޭ ކަންކަން ދަސްކޮށްދޭނެ ކޮލެޖެއް އެޅިގެން ދިޔުމަކީ މި ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،"މި ހަފްލާގައި ފިޝަރީޒް މިނިސްޓަރު މިނިސްޓަރު އަހުމަދު ސިޔާމް ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ މި ކަމަށް މި ވަޒީރުގެ ފަރާތުން އަދި އެ ވުޒާރާއިންވެސް ދީފައިވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. މިއަދަކީ ވަރަށް ވެސް އުފާވެރި އަދި ސަރަފުވެރި ދުވަހެއްކަން އޭނާވަނީ ފާހަގަ ކުރަށްވާފައެވެ. ސަބަބަކީ މިއަދު މި ޔުނިވާސިޓީގެ އާއިލާގެ ތެރެޔަށް އިތުރު މެމްބަރަކު އިތުރުވެގެން ދިއުމުންކަމަށް އޭނާ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް