ads
ހިމަބިހީގެ ރާޅެއް ލަންކާއަށް
ސްރީލަންކާ ގައި އަނެއްކާވެސް ހިމަބިހާގެ ރޯގާ ފެތުރެން ފަށައިފިއެވެ

ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޕަލިތާ މަހިޕަލާ ވިދާޅުވެފައިވާ ގޮތުގައި މެއި މަހުން ފެށިގެން އަހަރުގެ މިހާ ތަނަށް ހިމަބިހީގެ 700 އަށް ވުރެ ގިނަ ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ ކޮލަމްބޯ އިން ކަމަށާއި އަދި ކޮލަމްބޯގެ އިތުރުން ގަމްޕަހާ، ކަލުޓަރާ، ގޯލް، މަޓާރާ، ކެންޑީ، ޖަފްނާ، ކުރުނެގަލާ އަދި އަމްޕާރާ އިން ވެސް ހިމަބިހީގެ ކޭސްތައް ފެނިފައިވާކަމަށް  އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އުމުރުން 6 މަހާއި 8 މަހުގެ ކުދިންނަށް އެމްއެމްއާރް ވެކްސިންގެ އިތުރު ޑޯޒެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި މި ޕްރޮގްރާމްގެ ތެރެއިން ނުވަ މަހާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މި ވެކްސިން ނުދީ ތިބި ކުދިންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ވެކްސިން ދެވޭނެ ކަމަށް ވެސް މަހިޕަލާ ވިދާޅުވި އެވެ. އަދި މި ވެކްސިން 25 ޑިސްޓްރިކްޓެއްގައި ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މަހިޕަލާ ވިދާޅުވީ އެ ޤައުމުގެ އެކި ހިސާބުތަކުގައި 1600 ކްލިނިކް ހަދާނެ ކަމަށާއި އެކަން ކުރާނީ އެމްއެމްއާރް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމަށެވެ.

ހިމަބިހި ނުވަތަ މީސްލްސް އަކީ 2019 ވަނަ އަހަރު ސްރީލަންކާ އިން ނައްތާލާފައިވާ ބައްޔެއްކަމުގައި ޑަބްލިއު އެޗް އޯ އިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް ހިމަބިހީގެ ރާޅެއް އަނެއްކާވެސް ލަންކާއަށް އެރުމަށް ދިމާވި ސަބަބަކީ ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވެކްސިން ނުދެވުން ކަމުގައި ވެސް މަހިޕަލާ ވިދާޅުވިއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް