ads
ނޮވެމްބަރު މަހު ރިޒާވް އިތުރު ވެއްޖެ
ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން(އެމްއެމްއޭ) ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުން ބަޔާނުގައި ވާގޮތުން އޮކްޓޯބަރު މަހުގައި 552.3 މިލިއަން ޑޮލަރުގައި ހުރި އިރު ނޮވެމްބަރު މަހު ހުރީ 581.2 މިލިއަން ޑޮލަރެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޫބަރު މަހަށް ވުރެ ނޮވެމްބަރު މަހު  28.9 މިލިއަން ޑޮލަރު ރަސްމީ ރިޒާވްގައި ވަނީ އިތުރުވެފައިއެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުރި 604.20 މިލިއަން ޑޮލަރާއި އަޅާ ބަލާ އިރު މި އަހަރު ނޮވެމްބަރު މަހު މި ވަނީ 23.00 މިލިއަން ރުފިޔާ ދަށް ވެފައިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކްސްޕޯޓް ރޭޓް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާ އިރު 2023 ވަނަ އަހަރު 11 ޕަސެންޓު ދަށްވެފައި ވާއިރު، އިމްޕޯޓް ރޭޓް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 2023 ވަނަ އަހަރު 17 ޕަސެންޓު އިތުރުވެފައި ވާކަމަށް މި ބަޔާނުން ހާމަވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ޕްރައިވެޓް ސެކްޓާސް އަށް ދޭ ކްރެޑިޑްގެ އަަދަދު ނުވަ އިންސައްތާގައި ހުރި އިރު މި އަހަރުގެ ނޮވެމްބަރު މި އަދަދު ހުރީ 10 އިންސައްތަ އިތުރުވެފައިއެވެ. 

ރާއްޖޭގެ އެޑްމިނިސްޓްރޭޝަނާ ރައީސް މުއިއްޒު ހަވާލުވީ އިރު މި ގައުމު އޮތީ ވަރަށް ބޮޑަށް ދަރުވާލަފަކަމަށް ރައީސް ސޯލިހާ ދެކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް