ads
އިނގުރައިދޫ މެޖިސްޓްރޭޓްގެ ސައިކަލު ރޯކޮށްލައިފި
ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ރ. އިގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލުގައި ބަޔަކު ރޯކޮށްލައި ބޭނުން ނުކުރެވޭވަރު ކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އެ އަމަލު ކުށްވެރިކޮށްފައިވެއެވެ.

"މި އަމަލު ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކުށްވެރި ކުރަން. އަދި ކަމާބެހޭ އިދާރާތަކުން ވީ އެންމެ އަވަހަކަށް މައްސަލަ ބަލައި ތަހުގީގުކޮށް، މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނީ ފަނޑިޔާރުންނަކީ އެމީހުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ނުރައްކަލަކަށް ހުށަހެޅިދާނެ ބައެއްކަމުން، ސަލާމަތީ ރައްކާތެކަން ފޯރުކޮށްދިނުމަށް ގާނޫނުގައި ލާޒިމުކުރާ ކަމަށެވެ. ރަޝާދުގެ ސައިކަލުގައި ރޯކޮށްލި ބަޔަކު ހޯދުމަށާއި، އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.

މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރާ އެކި މީހުންގެ އަމިއްލަ ތަކެއްޗަށް މީހުން ގެއްލުން ދީފައި އެބަހުއްޓެވެ. ފަނޑިޔާރަކަށް ހަމަލާ ދިނުމުގެ މައްސަލައެއްވެސް މީގެ ދުވަސްކޮޅެއް ކުރިން ފެންމަތިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް