ads
ވެލާނާ އެއާޕޯޓުގައި ފެންބޮޑުވެއްޖެ
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ފެންބޮޑު ވެއްޖެ އެވެ.

އެމްއޭސީއެލުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ  ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެއާޕޯޓް ސަރަހައްދުގައި ފެންބޮޑުވެފައިވާކަަމަށާއި އަދި ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ފަސިންޖަރުންނައް ދިމާވަމުން އަންނަ ހުރިހާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށެވެ.

އެ ޓްވީޓުގައި އިތުރަށް ވާގޮތުން މިކަން ހައްލު ކުރުމަށް އެ ކޮމްޕެނީގެ ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި ވިހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމުގައެވެ. އެ ޓްވީޓުގައި އިތުރަށްވާ ގޮތުގައި މި ހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމަށާއި ކެތްތެރިކަމަށް ވަރަށް ބޮޑަށް ސުކުރު އަދާ ކުރާކަމަށެވެ. 

މޯލްޑިވްސް މީޓްރޮލޯޖިކަލް ސެންޓަރުން މިއަދު ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް ވައިޓްއެލާޓް ނެރެފަ އެވެ. ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލު ވާން މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެ އެވެ. 

އެ ސެންޓަރުން އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭކަމަށާއި އަދި ގުގުރު ވެސް އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ގަޑިއަކު 40 މޭލުގެ ބާރުގައި ވައިޖެހޭކަމަށް ލަފާ ކުރެވޭނެކަމަށް އެ ސެންޓަރުން އިތުރަށް ލަފާކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް