ads
މޫސުން ގޯސްވެ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖު އިންޒާރު
މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފި އެވެ.

ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. އަދި އޮރެންޖު ސަމާލު ނެރިފައިވަނީ މިއަދު މެންދުރު ފަހު 15:15 އިން ހަވީރު 17:30 އާއި ހަމައަށެވެ.

މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖު އިންޒާރު ނެރިފައިވާއިރު، މިހާރުވެސް އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ދަނީ މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނުން ފެށިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

ވިއްސާރައާ ގުޅިގެން ވައި ބާރުވެ ރާއްޖޭގެ ކަނޑުތައްވެސް ގަދަ ވާނެކަމަށް ލަފާކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވިއްސާރައިގައި ކުރިމަތިވަމުންދާ ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް