ads
ސިނަމާލެ ބްރިޖް
ވިއްސާރަ އާ ގުޅިގެން ބްރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވާން އެދެފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ބުރިޖު އަދި ހައިވޭއަށް ވަޔާއެކު ވެއްޔާއި ކުނި އަންނަމުންދާތީ ސަމާލުވާން އެދި ފުލުހުން އެލާޓެއް ނެރެފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުރިޖާއި ހައިވޭއަށް ގަދަ ވަޔާއި ވެއްޔާއެކު ކުނި އަރަމުންދާ ކަމަށާއި، އެހެންވެ އެ މަގުން ދަތުރުކުރާއިރު ސަމާލުވާން އެދޭ ކަމަށެވެ.

ފުލުހުން ބުނީ ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން ވެސް، މޫސުން ގޯސްވެ އުދަ އެރުމުގެ ހާދިސާއެއްގައި ބުރިޖާ ހައިވޭ ގުޅޭ ހިސާބުން ގިނަ ބަޔަކާއި ވެހިކަލްތަކަކަށް ގެއްލުން ލިބުނެވެ.

ރޭ ދަންވަރުން ފެށިގެން މާލެ ސަރަހައްދަށް ދަނީ މެދުކެނޑުމެއް ނެތި ވާރޭވެހެމުންނެވެ. މާލެއާ ހުޅެލެ އަދި ހުޅުމާލޭ ގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ވަނީ އޮރެންޖު އެލާޓެއް ނެރެފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ ކ. ގުރައިދު އަށް ކަމަށެވެ. އެ ރަށުގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް