ދެ ފަހަރެއްގެ މަތިން ވިމްބަލްޑަން ޗެމްޕިއަންކަން ހޯދާފައިވާ އެންޑީ މުރޭ ބުނީ އާ ސީޒަނަށް ތައްޔާރުވަމުންދާއިރު، ބަލިވުމާއި އަނިޔާގެ ސަބަބުން ރިޓަޔާ 2024 ވަނަ އަހަރަކީ އޭނާގެ ފަހު އަހަރަކަށް ވެދާނެ ކަމަށެވެ. އުމުރުން 36 އަހަރުގެ މުރޭ، ދުނިޔޭގެ ރޭންކިންގެ 42 ވަނައިގައި އޮވެ 2023 ވަނަ އަހަރު މާޔޫސްކަމާއެކު ނިމުނުއިރު، އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތުން މޮޅުވީ އެންމެ މެޗަކުންނެވެ.
މުރޭ، ޖެނުއަރީ މަހުގެ ފަހުކޮޅު އޮންނަ އޮސްޓްރޭލިއަން އޯޕަން އަށް ތައްޔާރުވަމުން އަންނައިރު، މުރޭގެ އަހަރު ފަށާނީ ބްރިސްބޭން އިންޓަނޭޝަނަލް އިންނެވެ.
މުރޭގެ ރަންޒަމާނުގައި އޭނާވަނީ 2013 ވަނަ އަހަރު، އަދި 2016 ވަނަ އަހަރު ވިމްބްލްޑަން އަދި 2012 ވަނަ އަހަރު ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު ފަހުން އޭނާ ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަކުރަން ޖެހުނެވެ. މުރޭ ހާމަކުރި ގޮތުގައި އެންމެ މަތީގައި އެތައް އަހަރެއް ހޭދަކުރުމަށްފަހު ރޭންކިންގެ ދަށަށް ވެއްޓުމުން ކުރިމަތިވި ނަފްސާނީ އުނދަގޫތަކުގެ އަސަރު އޭނާގެ ކެރިއަރަށް ކުރިއެވެ.
ހޯމަ ދުވަހު ބްރިސްބޭންގައި ކުޅޭ ފުރަތަމަ ބުރުގައި މުރޭ ނުކުންނާނީ ދެވަނަ ސީޑް ގްރިގޯ ޑިމިޓްރޯވްއާ ދެކޮޅަށެވެ.