ads
މާލެއަށް ކުޅި އާއި ވެވު އަލުން އެބަ ބޭނުންވޭ: ރައީސް ނަޝީދު
ބޯކޮށް ވާރޭވެހުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކުޅި އާއި ވެވު އަލުން ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

ރައީީސް ނަޝީދު "އެކްސް"ގައި ވިދާޅުވީ މެދުނުކެނޑި ވެހުނު ބޯ ވާރޭގައި މާލެ އާއި އެހެނިހެން ރަށްރަށުގައިވެސް ފެންބޮޑުވެފައިވާއިރު، މިހާރު ބޭނުން ކުރާ ފެންހިންދާ ނިޒާމުތައް ހުރީ ފެއިލްވެފައި ކަމަށެވެ.

ފެން ހިންދާ ނިޒާމުތައް ކުރިއަށް އޮތްތާގައިވެސް ފެއިލް ވުން ގާތް ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައި، އާ ޑިޒައިނެއްގެ ފެންހިންދާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައަށް ބޭނުން ކުރެވިދާނެ ގުދުރަތީ ހައްލުތަކެއް ކަމުގައި އެ މަނިކުފާނު މިސާލު ނެންގެވީ ކުޅި އާއި ވެވުން ނެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ މާލޭގެ ކުޅިތަކާއި ވެވުތައް އަލުން ތައާރަފުކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދިދާދެ ކަމަށެވެ.

ދާދި ފަހުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ މި ހިޔާލުފުޅަށް ސައިންޓިފިކް ދިރާސާތައް ބާރު ދެއެވެ. އެގޮތުން ކުޅިތަކަކީ ވާރޭ ވެހުމާއި ގުޅިގެން ފެންބޮޑުވުމުން އެ ފެން ހިންދުމުގައި އެދެވޭ ގޮތެއްގައި އެހީތެރިވެދޭ މަގެއް ކަމަށް ދިރާސާތަކުން ހާމަވެއެވެ.

މާލެއަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 54 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެއެވެ.

ބޯކޮށް ވާރޭވެހި މާލެ"ފެނުއަޑިއަށް" ދިއުމާގުޅިގެން، މަގުތައް ހަދާއިރު ވަރުގަދަ ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމް ކުރާނެކަމަށާއި އެ ނިޒާމުގައި ހުންނަނާއި މިހާރަށްވުރެ ފަލަ ހޮޅިތަކެއް ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅެފައެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް