މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓްރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާ ކަމަށާއި މޯލްޓާގެ ޕްރޮފެސަރަކާ އެވެ.
އެ ދެ އެކްސްޕާޓުންގެ ތެރެއ ރިޕޯޓް މިމަހުގެ ތެރޭގައި ކެބިނެޓަށް ހުށަހަޅާ އިރު ޔޫކޭގެ ރިޕޯޓު އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށާއި އެ މަސައްކަތަށް ސަރުކާރުން ހިނގި ހަރަދުތަކާ ބެހޭ ތަފްސީލްތައް ކުރިޔަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައިސް އޮފީހުން ވެސް ވަނީ ގެއްލުނު ކަނޑު ހޯދުމަށް ހާއްސަ ގާނޫނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އިޓްލޮސްގެ ނިންމުން ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށާއި ލިޔެކިޔުންތައް ހޯދައި ދިރާސާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އެކުލަވާލި ކޮމިޓީގެ މެންބަރުން
ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން
ކުރީގެ ބަންޑާރަ ނައިބު އަނިލް އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަނީ އެއްވެސް އުޖޫރައަކަށް ނޫން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.