ads
ލޯން ނުދެއްކި އޮތީ ކުރީ ސަރުކާރުން މަސައްކަތް ކުރުމަށް ހުރަސް އެޅުމުން: އާޒިމާ
ގަވާއިދުން ފައިސާ ނުދައްކައިގެން މިއަދު އާޒިމާގެ މައްޗަށް ކުރި ހުކުމުގައިވާ ލޯނު މިހާތަނަށް ނުދެެއްކި އޮތީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަަކޫރު ވިދާޅުވެއްޖެ އެވެ.
Advertisement

ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ދައްކަންޖެހޭ 4.2 މިލިއަން ރުފިޔާ ގަވައިދުން ދައްކަމުން ނުދާ ކަމަށް ބުނެ އެމްއައިބީގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީތެރޭގަ އެވެ. 

ސިވިލް ކޯޓުން މިއަދު އާޒިމާގެ ގައިރު ހާޒިރުގައި އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ، ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ. އަދި އެ ފައިސާ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެ ފްލެޓު އޮންނާނީ ރަހުނެެއްގެ ގޮތުގައި ކަމަށް ނިންމާފައި ވެއެވެ. 

އެކަމާއި ގުޅިގެން އާޒިމާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ  އެމްއައިބީން ބަޔާންކުރާ ފެސިލިޓީއަކީ ހުޅުމާލޭގައި މިހާރު ދިރިއުޅުއްވާ ފްލެޓް ގަތުމަށް 2016 ވަނަ އަހަރު ނެންގެވި ލޯނެއް ކަމަށެވެ.

އާމްދަނީ ލިބެމުންދިޔަ ދުވަސްތަކުގައި ގަވައީދުން އެ ފެސިލިޓީއަށް ފައިސާ ދެއްކެވި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ އެމްއައިބީން ނަގާފައިވާ ލޯން އަދާކުރެވިފައި ނުވަނީ ކުރީ ސަރުކާރުން ދަތިކުރުމުން ކަމަށް ތުހުމަތުކޮށްފަ އެވެ.

"ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ދައުވާއާއެކު، އަޅުގަނޑު ދަސްކޮށްގެން ހުރި މަސައްްކަތްކަމުގައިވާ ގާނޫނީ ވަކީލުކަމުގެ މަސަައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތި ކުރުވިއެވެ. އަދި ރާއްޖެއިން ބޭރުން ލިބުނު ވަޒީފާގެ ފުރުސަތުވެސް ވަނީ ބަންދުވެފައެވެ." މިރޭ ނެރުއްވި ބަޔާނުގައި އާޒިމާ ވިދާޅުވި އެވެ.

އަމިއްލަޔަށް މަސަައްކަތްކޮށްގެން އުޅޭ މަޔަކަށް ވުމުން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އަމިއްލަ މަސައްކަތުން ކަމަށާއި ކޮވިޑްތެރޭ ވަޒީފާއެއް ނެތި ކުރި މަސައްކަތުން ލޯނުދެއްކުމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފަނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިފަހުން ލޯނުދެއްކުމަށް އަމިއްލައަށް އިސްވެ ތާވަލެއް އެކުލަވާލައި ލޯނު ރި-ސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް އެމްއައިބީއާއެކު ޑިސެމްބަރު މަހުވެސް ކުރިއަށް ދިޔަކަމަށް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މަޝްވަރާތައް ކުރިއަށްދަނިކޮށް މިފަދަ ގޮތަކަށް ހުކުމް އައުމުން ވަކީލުންގެ މަޝްވަރާއާއެކު އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފަވާކަމަށެވެ.

ދައުލަތުގެ ބާރުގަދަ މަގާމުތައް އަދާކުރެއްވި ނަމަވެސް ދައުލަތުންދޭ މުސާރައިގެ އިތުރުން އެހެން ފައިސާއެއް ނަގާފައިނުވާނެކަމުގެ ޔަގީންކަން އާޒިމާވަނީ ދެއްވާފައެވެ.

އަދި މިއަދު ކުރި ހުކުމުގެ ސަބަބުން އެއްވެސް މަސައްކަތެއް ނުހުއްޓޭނެކަމަށާއި މިހާރުކުރަމުން އަންނަ މަސައްކަތް އިތުރަށް ހަލުވިކަމާއެކު ކުރިއަށްދާނެކަމަށް އާޒިމާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް