ads
އިޒްރޭލުން ލުބުނާނަށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރެެއް ޝަހީދުކޮށްލައިފި
އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާންގެ ވެރިރަށް ބެއިރުތުއަށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރެއް ޝަހީދުކޮށްލައިފި އެވެ.

ބެރިރުތުގައި ޝަހީދުކޮށްލައިފައިވަނީ ހަމާސްގެ ޑެޕިއުޓީ ލީޑަރު  ސަލޭހް އަލް-އަރޫރީ އެވެ. 

ލުބުނާންގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިހަމަލާ ދީފަވަނީ ބެއިރުތުގައި ހުންނަ ހަމާސްގެ އޮފީހަށެވެ.

އިޒްރޭލުން މިހަމަލާ ދޭން ބޭނުންކުރި ޑްރޯންއިން ވަނީ އެ އޮފީހަށް އަމާޒުކޮށް ތިން މިސައިލް ފޮނުވާފައެވެ.

ސަލޭހް އަލް-އަރޫރީގެ އިތުރުން ހަތަރު މީހަކު މިހާތަނަށް މިހަމަލާގައި ޝަހީދުވެފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތަކެއް ލިބިފައެވެ.

ހަމާސް އިން ވަނީ ސަލޭހް އަލް-އަރޫރީގެ އިތުރުން އެޖަމާއަތުގެ އަސްކަރީ ފިޔައިގެ ދެ ލީޑަރަކު އެ ހަމަލާގައި ޝަހީދުވެފައިވާކަން ކަށަވަރުކޮށްފައެވެ.

ލުބުނާނުގެ ވެރިރަށް ބެއިރުތުގައި ހަމާސްގެ ލީޑަރެއް ޝަހީދުކޮށްލާފައިވާއިރު ހިޒްބުﷲ ލީޑަރު ނަސްރަﷲ ވަނީ މީގެ ކުރިން ލުބުނާންގެ ބިމުގައި ސީރިއާ، ފަލަސްތީން އަދި ލުބުނާނުގެ ލީޑަރެއްް މަރާލައިފި ނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރެއް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް