ads
މަޖިލީހުގެ ނަން ރައްޔިތުން ކުރިމަތީ ހަޑިވެއްޖެ: ނައިބު ރައީސް
މަޖިލީހުގެ ނަން ރައްޔިތުން ކުރިމަތީ ހަޑިވެއްޖެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅިވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަމުން ނަައިބު ރައީސް ވިދާޅުވީ، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި މިފަހަރު އަމަލު ކުރީ މީގެ ކުރިން ދުވަހަކުވެސް އަމަލު ނުކުރާ ގޮތަކަށް ކަމަށެވެ.  

“ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި،” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބުރައީސް ވިދާޅުބީ ވޭތުވެދިޔަ ތަނުގައި ވަޒީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައެއް ނެތްކަމަށެވެ.  

“އެކަމުން އެބޭފުޅުން ދައްކުވައިދެނީ ރައްޔިތުންގެ ކުރިމަތީގައި ނަން އެ ހަޑިކޮށްލީ''' ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ނުދީ މިދިޔަ ޑިސެންބަރު މަހު މަޖިލީސް ވަނީ 2 މަސް ދުވަހު ޗުއްޓީއަކަށް ގޮސްފައެވެ. އޭރުވެސް އޮތީ ރުހުން ހޯދަން ހުށަހަޅާފައެވެ.  

މަޖިލީސް ޗުއްޓީއަށް ދިޔަ ފަހުން އިދިކޮޅު އެމްޑީޕީއަށް  މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ވަނީ ގެެއްލިފައެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރުމުންނެވެ.  

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުން ލަސްވެ ފާޑުކިޔުން އިތުރުވެފައިވަނކޮށް އެމްޑީޕީންވަނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މަޖިލީހުގައި ގަވައިދުގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ހަމަކޮށްގެންނެވެ. މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހެޅުމުން ރިޔާސަތުން 14 ދުވަސްތެތޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ 22 ވަޒީރުންނަށް ރުހުންދޭން ފާސްކޮށްފައެވެ. އެ ކޮމެޓީން ފާސްކޮށްފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްކޮށް ވޯޓަށް އަހަން ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް