ads
ޑޮމެއިން ދޫކުރަން އަނެއްކާ ފަށަނީ: މިނިސްޓަރު އަމީން
އެއްގަމު އުޅަނދުފަހަރަށް ޑޮމެއިން ދޫކުރަން ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެ މަސައްކަތް އަލުން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އޭނާ ވިދާޅުވީ ޑޮމެއިންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވެފައިވާކަމެއް ކަމަށެވެ.

ވަޒީރު ކަމާ ހަވާލުވެވަޑައިގެން އިރުވެސް 200 ވަރަކަށް ފަރާތުން ޑޮމެއިންއަށް އެދިފައިވާކަމަށާއި ނަމަވެސް ކުރީ ސަރުކާރުންގެ ރައީސް އޮފީހުން މިނިސްޓްރީއަށް އަންގަވައިގެން ޑޮމެއިންގެ އެއްވެސް ކަމެއް ކުރިޔަށް ނުގެންދާން ނިންމާފައި އޮތުމުން އެކަށް އޭރު ހުއްޓާލެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސައްހަ ގޮތުގައި ޑޮމެއިން ނަގާފައިވާ ފަރާތްތަކަށް އެ ހިދުމަތް ލިބެންޖެހޭކަމަށެވެ. ކުރިން ބުނި 200 ފަރާތްތައް މިހާރު މިހާރަށް އެ ހިދުމަތްތައް ނުދެވުނަސް ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން އެކަންކުރުމަށް ވުޒާރާ އާއި ހަވާލުވި ދުވަހުން ފެށިގެން ކުރަން ފަށާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެއީ ޑޮމެއިންގެ ވެރި ފަރާތްތަކުން އެދިވަޑައިގެންފައި ހުރި ހިދުމަތް. އެކަމަކު މި ހިދުމަތް މިނިސްޓްރީއަށް ރައީސް އޮފީހުން އަންގައިގެން ކުރީ ސަރުކާރުގައި ހުއްޓާލާފައި އޮތީ" އަމީން ވިދާޅުވިއެވެ.

މާލޭ ސަރައްހަދާއި އަދި މާލޭން ބޭރުގައި ދޫކޮށްފައި ހުރި ޑޮމެއިންއަކީ ސައްހަ ޑޮމެއިންތަކެއްތޯ ބަލަން ޖެހޭކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ބެލުމަށް ފަހު ކެންސަލް ކުރަން ޖެހޭ ޑޮމެއިންތައް ހޯދާ އެ ކެންސަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ޑޮމެއިންގެ ހިދުމަތް ކުރިޔަށް އޮތް 2-3 މަސްތެރޭ ފެށިގެންދާނެކަމަށާއި އެކަން ނިންމާފައިވަނީ ޒަމާނަށް ފެތޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަފާތު ކުރިޔަށް އޮތްތަނުގައި ތަފާތު ކޮންސެޕްޓެއްގައި އެ ހިދުމަތް ހޯދަން ބޭނުން ފަރާތް ތަކަށް އެ ހިދުމަތް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް