ads
އެމްއައިބީ އިން ތައާރަފު ކުރި ވަގުތުން އެކްޓިވޭޓު ކުރެވޭ ވިސާ އިންސްޓެންޓް ޑެބިޑް ކާޑު
ވަގުތުން އެކްޓިވޭޓު ކުރެވޭ ކޭޝްް ކާޑެއް އެމްއައިބީ އިން ތައާރަފުކޮށްފި
ވަގުތުން އެކްޓިވޭޓު ކުރެވޭ ކޭޝްް ކާޑެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ތައާރަފުކޮށްފި އެވެ.

އެމްއައިބީ އިން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ އެކައުންޓު ވެސް އޮންލައިންކޮށް މިހާރު ވަގުތުން ހުޅުވޭނެ ކަމަށާއި އަދި އެއާ އެކު މިހާރު ކާޑު ވެސް ވަގުތުން އެކްޓިވޭޓު ކުރެވޭނެ މަކަށެވެ.

މީގެ އިތުރުން އެމްއައިބީއިން ބުނެފައިވާގޮތުގައި ބޭންކިން ހިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އަވަސް ހިދުމަތްތަކެއް ދިނުމަށް އެ ބޭންކުން މަސައްކަތް ކުރާ ކަމަށެވެ. 

މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް "އެޕްލައިނައު ޕޯޓަލް" އާއި އުޖާލާ ފައިނޭންސިންގެ ހިދުމަތްތަކަށް "އުޖާލާ ނައު ޕޯޓަލް" ވެސް ވަނީ އެ ބޭންކުން ތައާރަފުކޮށްފަ އެވެ. 

މިއާއެކު، ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ ހިދުމަތް ފަސޭހަކަމާއެކު ވަނީ ތަނަވަސްވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް