ads
ބެންޖޯ
އިތުބާރު ޑިފެންޑަރު ބެންޖޯއަށް އެމްޑީޕީގެ ޓިކެޓް
މެދު ނުކެނޑި އެންމެ މަތީ ފެންވަރުގައި 19 އަހަރު ކުޅުމަށް ފަހު، ދާދި ފަހުން ކުޅުން ހުއްޓާލި، އިތުބާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް ޓިކެޓް ލިބިއްޖެއެވެ.

މިދިޔަ އަހަރު ފަހުކޮޅު، ކުޅުން ހުއްޓާލި ބެންޖޯއަށް ފޭދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ ޕްރައިމަރީއަށް އިތުރު އެހެން މީހަކު އެމްޑީޕީން ވާދަނުކުރާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެންޖޯގެ ކެމްޕެއިން ފޯރީގައި އަންނަނީ ކުރަމުންނެވެ. އެމްޑީޕީގެ ޓިކެޓް ބެންޖޯ ކަށަވަރުކޮށްފައިވާއިރު، ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް އެ ދާއިރާއަށް ވާދަކުރާނެއެވެ. ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ އޮންނާނީ މި މަހު ފަހުކޮޅުއެވެ.

your imageބެންޖޯ ކެމްޕެއިންގައި

ޒުވާން ގައުމީ ޓީމަށާއި ސީނިއާ ގައުމީ ޓީމަށްވެސް ކުޅެފައިވާ ބެންޖޯވަނީ ރާއްޖޭގެ ޓޮޕް ޑިވިޝަންގައި އެތައް ކްލަބަކަށް ކުޅެ، ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. ބެންޖޯއަކީ މި ފަހުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެކަކެކެވެ.

2004 ވަނަ އަހަރު، ބެންޖޯގެ ފުޓްބޯޅަ ކެރިއަރު ފެށީ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އިންނެވެ. ޖެހިގެން، އައި އަހަރު އޭނާ ފެނުނީ، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިންނެވެ.  އައިއެފްސީ ރީބްރޭންޑް ކުރުމަށް ފަހު، ވީބީ ސްޕޯޓްސް ކްލަބަށް ބަދަލުވުމުން އެ ކްލަބަށްވެސް ބެންޖޯ ކުޅުނެވެ. އޭގެ އިތުރުން އީގަލްސް، ވެލެންސިއާ، ނިއު ރޭޑިއަންޓް ޓީސީ ސްޕޯޓްސް، މާޒިޔާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ބެންޖޯ ކުޅުނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް