ads
މި ސަރުކާރުގެ ތަރައްގީގެ މާސްޓަ ޕްލޭން އޮތީ 20 އަހަރަށް، ގާނޫނީ ބާރު ދެނީ
މި ސަރުކާރުގެ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވާލާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށާއި، އެ މާސްޓަ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާ ކޮންސެޕްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އިފްތިތާހު ކުރަން މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ތަރައްގީގެ މާސްޓަ ޕްލޭނަކީ ދެ ދުވަހަކަށް ތިން ދުވަހަކަށް ހަދާ އެއްޗެއް ނޫން ކަމަށެވެ.

އެ މާސްޓަ ޕްލޭން ހަދަން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ ހިޔާލާ އެކީގަ، މި ސަރުކާރުގެ މެނިފެސްޓޯގަ ވައުދުވެފައިވާ ގޮތަށް 20 އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، އެ މާސްޓަ ޕްލޭނަކީ ހާއްސަ ގާނޫނަކުން ބާރުވެރިކަން ލިބިފައިވާ ޕްލޭނަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން، އެ މާސްޓަ ޕްލޭންގައި އިގްތިސޯދީ ކުރިއެރުމާއި، އިޖުތިމާއީ ކުރިއެރުން ހިމެނޭހެން ރާއްޖޭގެ މުޅި ތަރައްގީގެ ވަށާޖެހޭގޮތަށް ޕްލޭން ކުރެވިފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް