ads
ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިން ޒޯން
ސަމާލު؛ ބައެއް ސަރަހައްދުތަކުގައި ޕާކުކުރުން މަނާ..!
ބައެއް ސަރަހައްދުތަކުގައި ޕާކުކުރުން މަނާކޮށް، އެކަމާ ހިލާފުވާނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުހުލުންގެ ހިދުމަތުން މިއަދު ދީފި އެވެ.

ފުލުހުން މިއަދު އެކްސްގައި ބުނީ، ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކުގައި ޕާކް ކުރާ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.

އަދި، މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ.

އެ ސަރަހައްދު ތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާނެހެން އުޅަނދު ބަހައްޓައިފައި ހުންނަ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅައި، އެ އުޅަނދުތަކުގައި ސްޓިކާ ޖަހައި، ޓޯ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން އިލްތިމާސްކޮށްފައި މިވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބޭއްވި ބައްދަލުވުމެއްގައި މަސްތުވާތަކެތި ޓްރެފިކިން ހުއްޓުވުމަށާއި ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރަން ނިންމި ނިންމުމާ ވިދިގެންނެވެ.

މާލޭ ސަރަހައްދުގައި މަގުތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާއިރު، ސަރުކާރުން ބުނަނީ ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. 

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް