ads
އަނގަޔާ އަތާ ދިމާ ނުވިޔަސް ކާން ޖެހެނީ ރަންއިލޮށިން ކަދުރު
އަނގަޔާ އަތާ ދިމާ ނުވިޔަސް ކާން ޖެހޭނީ ރަން އިލޮށިން ކަދުރޭ އާންމުކޮށް ބުނެ އުޅެނީ ދިމާއަށް ލިބޭ އެއްޗަކުން ޒަރޫރީ ބޭނުން ނުފުދުނަސް އެހެން މީހުންނައް ދެއްކެން ވިޔަސް އަގުބޮޑު ދިރިއުޅުން އުޅޭ އުޅުމަށެވެ.

މިކަމަކީ މި ކުޑަކުޑަ ދިވެހި މުޖްތަމައުންވެސް އާންމުކޮށް ފެންނަމުންދާ ވަރަށް ނޭނގާނީ އަމަލެކެވެ. 

ބޭރު ގަމުތަކުން ފެށިގެން ރާއްޖޭގެ ބައެއް ޒުވާނުން ކަންދެއްކުމަށް ނުވަތަ "ބިޓުންނައް ތިއްތި ދެއްކުމަށް" ތިމާއަށް ލިބޭ އެއްޗަކުން ގޭގެ ކުއްޔާއި ކަރަންޓު ބިލާއި ފެން ބިލާއި ނުދެއްކި އޮއްވާ އަގުބޮޑެތި ފޯނާއި އަގުބޮޑެތި ސައިކަލު ގަންނަކަމީ ހަމަ އަޖައިބުވާކަމެކެވެ. ގިނަ ފަހަރަށް މި ކުދިންގެ ގޭގެ ބިލުތައް ދައްކަން ޖެހިފައި އޮންނާނީ މި ޒުވާނުން މުސްކުޅިވެފައިވާ މައިންބަފައިން ނުވަތަ ދައްތަ ނުވަތަ ކޮއްކޮ ނޫނީ އަނބިމީހާ އެވެ. 

މި ޒުވާނުން މިކަން ކުރަނީ ތަންތަނުން ދޫކުރާ ލޯނު ނަގައިގެން ނުވަތަ ރައްޓެހި ކޮންމެވެސް އެހެން މީހެއް އަތުން ލޯނެއް ނަގައިގެންނެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ގޮތަށް ނަގާ ލޯނުތައް ނަގައިގެން ގިނަ ފަހަރަށް ދެވަނަ މަހު އެ ޒުވާނުން ތިބެން ޖެހޭނީ ނުކައި ނުބޮއި އެވެ. ކާނެ އެއްޗެއް ނުވަތަ ބޯނެއް މި ކުދިންނައް ލިބޭނީ އާއިލާ ނުވަތަ ގާތް މީހަކު ދިނއްޔާ އެވެ. ނުވަތަ އަނެއްކާވެސް ޖެހޭނީ ހަމަ "ޑެބިޓުވެ" ލޯނެއް ނަގާ ށެވެ. މިކަންތާ އަބަދަށް ދެމިގެންދެ އެވެ. ސަބަބަކީ ހަމަ ކޮންމެ މަހަކުވެސް ޖެހިގެން އަންނަ މަހު ދޭން ޖެހޭ ދަރަނި ބާކީ އޮންނާތީ އެވެ. 

your imageޒުވާނަކު ވައިގެ މަގުން ދަތުރެއްގައި

މީ ހަމަ އެކަނި ދިވެހި ޒުވާނުންގެ ހާލަތެއް ނޫ ނެވެ. އަލަށް ކައިވެނި ކުރަން ނިންމާ ދެ މީހުންވެސް ބަޔެއް ފަހަރަށް މީހުންނަށް ދެކެން ވެގެން ނުވަތަ "ޑްރީމް ވެޑިން" ބޭއްވުމުގެ ބޭނުމުގައި އަތުގައ ނެތް އެއްޗަކުން ހަރަދުކުރާތަން ފެންނަނީ މަދަކުންނޫ ނެވެ. މީގެ ބަދަލުގައި ކުޑަ ސަޔެއް ބާއްވާލީ މާ ރަނގަޅެއް ނޫންތޯ އެވެ. 

އަދި ކުރިޔަށް އޮތްތަނަށް އެ ލާރި ރައްކާކޮށް ރަނގަޅު ދިރި އުޅުމެއް ބިނާ ކުރަން އެ ލާރިން މަސައްކަތް ކުރުން މާ ހިތަށް ފަސޭހައެއް ނޫންތޯ އެވެ. ނޫނީ ބޮޑު ޕާޓީއެއް ބާއްވައިގެން ދެވަނަ ދުވަހު ނުކައި ނުބޮއި ތިބުން ނުވަތަ ދެތިން މަސް ނުވަނީސް ވަރިވުން ބައެއް މީހުންނަށް މާ ރަނގަޅީ ހެއްޔެވެ؟؟

your imageޒުވާނުންތަކެއް ދަތުރެއްގެ މަތީގައި

ދެން ބަޔެއް އާއިލާތަކަށް ބަލާލަމާ ތޯއެެވެ. ލިބޭ ޗުއްޓީތަކުގައި ރާއްޖޭން ބޭރަށް "ވެކޭޝަން" ހަދާލަން ދިއުމަކީ ދިވެހިންގެ ވެސް އާދައެކެވެ. ދޭސީ އަދި ބިދޭސީ މީހުން މިކަން ކުރަން އެތަށް ބައިވަރު ފައިސާއެއް ރައްކާ ކުރާ އިރު އަނެއް ބަޔަކު މިކަން ކުރަނީ އާންމުކޮށް ބޮޑެތި ލޯނުތަކުން "ރިސްކް" ނަގައިގެން ފާހަގަ ކޮށްލެވެ. އެނބުރި އައިސް ބަލަދުވެރިން، އަނބިމީހާއާއި ދަރިން މިޖެހެނީ ގިނަ ފަހަރަށް ނުކައި ނުބޮއި ތިބެންކަން އިނގެ ތިބެ މިވަރުގެ ބޮޑެތި ކަންކަން މި މީހުން މި ކުރަނީ ކީއްވެގެންތޯ ސުވާލު ކޮށްލަން ޖެހެއެވެ. 

އަނގަޔާ އަތާ ދިމާ ނުވިޔަސް ރަން އިލޮށިން ކަދުރު ކާން އުޅުމުގެ ބަދަލުގައި ލިބޭ އެއްޗަކުން ފުއްދާ ތިމާ ބޮލުގައި އެޅޭ ދަރަނި ކުޑަކުރަން ވިސްނީޔާ އަސްލު މާ "ސަޅި" ވާނެ އެއް ނޫންތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް