ads
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ކޯލް ސެންޓަރެއް، ނަންބަރަކީ 1433
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ކޯލް ސެންޓަރެއް ގާއިމްކޮށް، އެ ވުޒާރާއަށް ގުޅޭނެ އާ ނަންބަރު 1433 ތައާރަފްކޮށްފި އެވެ.

ކޯލް ސެންޓަރުގެ މި ނަންބަރަކީ މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާއީ ހިދުމަތްތަކާގުޅޭ ހެލްޕްލައިން 1414 އަދި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ހެލްޕްލައިން 1412 ގެ އިތުރުން ތައާރަފުކުރި ނަމްބަރެކެވެ. އެ މިނިސްޓަރީގެ 1421 އާއި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކަކަށް ވީނަމަވެސް، 1433 އެއީ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށެވެ. އެގޮތުން  ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ގުޅޭނެ އެވެ.

  •  ކޯލް ސެންޓަރުގެ ނަންބަރަކީ 1433
  •  ހެނދުނު 8:30 އިން މެންދުރު 1:30 އަށް ގުޅޭނެ

މި ބަދަލާއެކު ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރެވި، މިސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ މިނިސްޓްރީން އުއްމީދުކުރެ އެވެ.

އަވަސްކަމާއި އިތުބާރާއި އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަން ހާމަކޮށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދައުދިނުމަކީވެސް މިނިސްޓްރީގެ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް