ads
ނައިބު ރައީސްގެ މޮންޓެނީގްރޯ ދަތުރަށް ބައިމިލިއަން ރުުފިޔާ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔޫރަޕަށް ކުރެއްވި ދަތުރަށް ބައިމިލިއަން ރުުފިޔާ ހަރަދުވެއްޖެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މި ދަތުރަށް ކުރި ހަރަދުތަކާއި ބެހޭ ގޮތުން އާއްމުކުރި ލިޔުމުގައިވާ ގޮތުން މި ދަތުރުގެ 5 ބިޒްނަސް ކްލާސް ޓިކެޓަށް 492746.10 ރުފިޔާ ހަރަދުވެފައިވާ ކަމުގައި އެވެ.

ދަތުރުފުޅުގެ ހަރަދުގެ ތަފުސީލު:

  • ފަސް ބޭފުޅުންގެ ބިޒްނަސް ކުލާސް ޓިކެޓް - 492،746.10 ރުފިޔާ
  • ފަސް ބޭފުޅުންގެ ޕޮކެޓް މަނީ ހަރަދު - 64،638.00 ރުފިޔާ
  • މޮންޓިނީގްރޯގައި ފަސް ބޭފުޅުންގެ ފަރިއްކޮޅު ހަރަދު - 23،823.72 ރުފިޔާ
  • ވިސާ ހަރަދު - 633.76 ރުފިޔާ

މީގެ އިތުރުން، އިސްތަންބޫލްގައި ފަސް ބޭފުޅުން ފަރިއްކުޅުއްވުމަށް، 7،895.07 ރުފިޔާ ޚަރަދުވިއެވެ.

ނައިބު ރައީސް މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ 28 ޑިސެމްބަރު 2023 ވަނަ ދުވަހުއެވެ. 

ނައިބު ރައީސް މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ނައިބު ރައީސް މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޮ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓާ އެލެކްސާ ބެޗިޗްއާއިއެވެ. ނައިބް ރައީސް އެ ގައުމަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓާ އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް