ads
މަރުގެ ހުކުމް ތަންފީޒުކުރާކަށް ނުފެނޭ: މައުމޫން
އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށާއި އަދި އާންމުންގެ ތާއީދު ހޯދުމަށް އެ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވީ، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މައުމޫން މިހެން ވިދާޅުވިއިރު، މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ މިދިޔަ މަހު އިއުލާން ކުރައްވާފައެވެ.

މިއަދު ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އާންމުންގެ ތާއީދު ހޯދުމަށް މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ  ދެއްކުމަކީ ތައުލީމީ  މީހަކު  ކޮށްގެންވާނެ  ކަމެއް  ވެސް ނޫން ކަމަށެވެ. މީގެ ކުރިން މައުމޫންވަނީ، މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ހޯމް މިނިސްޓަރު އަލީ އިހްސާން އިއުލާން މިދިޔަ މަހު އިއުލާން ކުރައްވަމުން ވިދާޅުވީ، މި ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައި އޮތް ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި، މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ހަތަރު މީހަކު އެބަތިއްބެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓު މަރުހަލާގައިވެސް މަރުގެ ހުކުމް ކޮށްފައި ތިބި ބައެއް މީހުން އެބަތިއްބެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްތު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބާ ގުޅިގެން ބޭރުގެ ޕްރެޝަރުތައް ވަރަށް ބޮޑަށް ފޯރަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް