ads
ރާއްޖޭގެ ބަދުލުގައި ލަކްސަދީޕް ހިޔާރުކުރޭ: އަކްސޭ ކުމާރު
ރާއްޖެ ގެ ބަދުލުގައި ލަކްސަދީޕް ހިޔާރުކުރުމަށް އިންޑިޔާގެ މަސްހޫރު ތަރި އަކެސޭ ކުމާރު އިންޑިޔާގެ ރައްޔިތުންނައް ގޮވާލައިފިއެވެ.
Advertisement

އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދިވެހިންގެ ތެރެއިން ބަޔެއް މީހުން އިންޑިޔާއަށް އަދި އިންޑީޔާގެ ބޮޑުވަޒީރު މޯދީއަށް މަލާމަތް ކޮށް ބަދުބަސް ބުނާތަން މިއަދު ފެނިފައިވާކަމަށާއި މިކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމު ގައެވެ.

އޭނާ އިތުރަށް ބުނީ އިންޑިޔާ އަކީ ރާއްޖެއަށް އެންމެ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމުކަމަށާއި ނަމަވެސް ދިވެހިންގެ ފަރާތުން މިކަހަލަ ކަމެއް ފެނިގެން ދިއުމުން ހައިރާން ވާންޖެހޭ ކަމަށެވެ. 

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އިންޑިއާގެ ފިލްމީ ތަރީ ބުނީ ރާއްޖެއަށް ވަރަށް ގިނަ ފަހަރަށް ރާއްޖެ ދެވިފައިވާ ކަމަށާއި ރާއްޖެއަށް އެތަށް ފަހަރަކު ތައުރީފު ކުރެވިފައިވީ ނަމަވެސް މިކަމުގެ ސަބަބުން ދެން އިހްތިޔާރު ކުރާނީ އިންޑިޔާގެ ރަށްތައް ކަމަށެވެ.

ޓްވީޓާގައި ސަރުކާރުގެ ބައެއް އިސްވެރިން އިންޑިޔާ އަށް އަދި އެ ގައުމުގެ ބޮޑު ވަޒީރު މޯދީ އަށް މަލާމަތުގެ ބަސް ރައްދު ކޮށްފައިވާއިރު ފޮރިން މިނިސްޓްރީން ވަނީ މިކަން ކުށްވެރިކޮށް އެކަމާއި ދެކޮޅަށް ނޫސް ބަޔާނެއް ނެރެފައިއެވެ. މިކަހަލަ ކަންކަމަކީ އެގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ. 

ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައްދު ކޮށްފައިވާ ބަސްތަކާމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރްއެމް ގެ ރައީސް ފާރިސް މައުމޫން ވެސް ނުރުހުން ފާޅު ކުރައްވާފަ އެވެ.

ރާއްޖޭގެ އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ގޮވާލައްވާފަ ވާއިރު ރައީސް ނަޝީދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި، ނުރުހުމުގެ ބަސްތައް ރައްދު ކުރައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ވަނީ، އެ މައްސަލާގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މީސް މީޑިއާގައި ވާހަކަ ދައްކަވާފައިވާ ބަސްމަގާމެދު ފާޑު ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފަ އެވެ. ނަޝީދު އިތުރަށް ވިދާޅުވީ އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ސަލާމަތަށާއި ކުރިއެރުމަށް މުހިއްމު ގައުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް