ads
މާލޭގެ މަގުތަކުގެ އަމާންކަން ބަލަހައްޓަން އިތުރު ފުލުހުން ނެރެފި
މާލޭގެ ބާރުބޮޑު މަގުތަކުގެ އަމާންކަން ބަލަހައްޓަން އިތުރު ފުލުހުން ނެރެފި އެވެ.

ދިވެހި ފުލުހުން މިއަދު ބުނެފައިވަނީ ގްރޭޓާމާލެ ސަރަހައްދުގެ ބާރުބޮޑު ސަރަހައްދުތަކުގައި އިތުރު ފުލުހުން ނެރެ މަގުތަކުގެ އަމަން އަމާންކަން ބަލަހައްޓަން ފަށާފައިވާ ކަމަށެވެ.

މަގުތަކަށް އިތުރު ފުލުހުން ނެރުނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ނިންމެވުމުމާ އެއްގޮތަށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުތަކާ މެދުގައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށް ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު ޕެޓްރޯލްކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ފުލުހުން ވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް