ads
މޯދީ އަށް ބަދުބަސް ބުނި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކޮށްފި
އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފި އެވެ.

ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑް ކުރި ކުޅިވަރާ ބެހޭ ވުޒާރާގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ މަލްޝާ ޝަރީފް(ޔޫތު މިނިސްޓްރީ)، މަރިޔަމް ޝިއުނާ(ޔޫތު މިނިސްޓްރީ) އަދި އަބްދުﷲ މަހްޒޫމް މާޖިދު (ޔޫތު މިނިސްޓްރީ) އެވެ. 

އެންމެ ގިނަ ބަޔަކަށް އަޅައިގަތީ ޔޫތު މިނިސްޓްރީގެ ނާއިބުންގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ ކުރެއްވި ޕޯސްޓެވެ. ޝިއުނާ ވަނީ މޯދީ އަކީ "ޖޯކަރެ"އް ގެ ގޮތުގައި ސިފަ ކުރައްވާ އެއީ "އިޒްރޭލްގެ ޕަޕެޓެ"އް ކަމަށް ވިދާޅުވެފައެވެ.  

your imageސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި (ވ) ޝިއުނާ (ކ) އާއި މަހްޒޫމް މާޖިދު --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް، މީސްމީޑިއާގައި ވާހަކަތައް ފެތުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ވަނީ ދީފަ އެވެ.  

އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އަދި، ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ.

ރާއްޖެއާއި އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދުވީޕާ އަޅައިބަލައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދާދި ފަހުން ލަކްޝަދުވީޕަށް ވަޑައިގެންނެވިކަން އެކްސްގައި ހާމަކުރެއްވި ފަހުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް