ads
ޗާއިނާއިން ރައީސަށް ދައްކާލީ ސިނަމާލެ ބްރިޖްގެ ޗާލު މޮޑެލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާއެކު ބޭއްވެވި ބެންކުއެޓްގައި ރާއްޖޭގެ ސިނަމާލެ ބްރިޖްގެ މޮޑެލް އެއް ދައްކާލައިފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސްގެ ދެކަނބަލުނަށް ހާއްސަކޮށް އިއްޔެ ބޭއްވި އެ ހަފްލާގައި ވަނީ ރާއްޖޭގެ ހިތްގައިމު ރަށްތަކާއި ބްރިޖްގެ ޗާލު މޮޑެލް އެއް ދައްކާލާފަ އެވެ.

މި ބެންކުއެޓްގައި ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ހަރުދަނާ ކުރުމާމެދު ވަނީ މަަޝްވަރާ ކުރައްވާފަ އެވެ.

 

ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ސިނަމާލެ ބްރިޖްގެ މަޝްރޫއު ހިންގި ޗައިނާގެ ސީސީސީސީ ކުންފުނީގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ރައީީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ އިންގިލާބީ ފާލަން، ސިނަމާލެ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔަ އިރު މިހާރުގެ ރައީީސް ޑރ. މުއިއްޒު ހުންނެވީ އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގައެވެ.

މާލެއާއި ހުޅެލެއާ ދެމެދު އެޅުނު ސިނަމާލެ ބްރިޖަކީ 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ޗައިނާ ސަރުކާރުން 116 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހަރަދުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް