
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްހަމީދު (34އ) އެވެ.
ގެއްލިގެން ހޯދަމުންދިޔަ މީހާ ގެއަށް އައީ އަމިއްލައަށް
މުހައްމަދު އާދަމް އަހްމަދު
06 ޖުލައި 2025 - 10:54:44
މިދޔަ މަހުގެ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ އްބްދުލްހަމީދު (34އ) އެވެ.
ފުލުހުން ބުނީ މިދިޔަ ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްހަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާއިން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 2 ވަނަދުވަހުގެ 18:16 އެހާ ކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހާ މިހާރު ފެނިފައިވާކަމަށެވެ. އަދި އޭނާ ފެނުނީ ގެއްލިގެން ހޯދަން އިއުލާންކުރި ދުވަހުކަމަށާއި އެމިހާ ވަނީ އެދުވަހު އަމިއްލައަށް ގެއަށް އައިސްފައިކަމަށް އާއިލާއިން ބުނިކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހާގެ ހާލު ރަނގަޅުކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް