ads
ރައީސްގެ އަނބިކަނބަލުން ޗައިނާގެ ސާންފާންގ ޗީޝިއާންގއަށް
ރައީސްގެ އަނބިކަނބަލުން ޗައިނާގެ ސާންފާންގ ޗީޝިއާންގއަށް ޒިޔާރަތްކުރައްވައިފި
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގ ގެ ފަރާތުން އެތަނާގުޅޭ މައުލޫމާތު އެކަމަނާއާ ހިއްސާ ކުރައްވާފައި ވެއެވެ. އޭގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މައުލޫމާތު އެކަމަނާ އޮޅުންފިލުއްވި އެވެ.

ސާންފާންގ ޗީޝިއާންގ އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް