ads
ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެއްސެއް: ރިސޯޓު މުވައްޒަފުންގެ އަގު ވަޒަންކުރަން ހޮޓެލިއާ މޯލްޑިވްސްއިން އެވޯޑް ދެނީ
ހޮޓެލިއާ މޯލްޑިވްސް އިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ހޮޓެލިއާ މޯލްޑިވްސް އިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
Advertisement

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ތައާރަފް ހޮޓެލިއާ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ އެވޯޑެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބުރަ މަސައްކަތް ކުރާ ބަޔަކީ އެ ދާއިރާގައި ހިދުމަތް ކުރަން ތިބޭ މުވައްޒަފުން ކަމަށް ވާއިރު، އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އަދި މިއީ އެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަޒީފާގައި ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވާނެ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުނެއެވެ.

ހޮޓެލިއާ މޯލްޑިވްސްއިން ބުނީ މި ފަހަރު ޖުމްލަ 21 ކެޓަގަރީއަކުން އެވޯޑަށް ދޭން ނިންމާފައިވާށެވެ. 

މި އެވޯޑު ދޭނެ ކެޓަރަގީތަކުގެ ތެރޭގައި:

  • ހައުސް ކީޕިން
  • ސީއެސްއާރު
  • އިންޖިނިއަރިން
  • ފުޑް އެންޑް ބެވަރޭޖު
  • ސްޕާ އެންޑް ވެލްނެސް
  • ސޭލްސް އެންޑް މާކެޓިން
  • ކޮންސިއާޖް/ގެސްޓް ސާވިސަސް
  • އައިޓީ
  • ސަސްޓެއިނަބިލިޓީ
  • އެޗްއާރް އެންޑް ޓްރެއިނިން
  • ސެކިއުރިޓީ އޮފިސަރު
  • އޭވިއޭޓާ
  • މެރައިނާ
  • ޕްރޮކިއުމަންޓް
  • ޝެފް
  • ފިނޭންސް
  • އަންސަންގް ހީރޯ
  • ހޮޓެލް ޓީމް
  • ޖެނެރަލް މެނޭޖާ
  • ތަމުރީނާއި ތަރައްގީ
  • ޒުވާން ހޮޓެލިއާ

މިމަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރިސޯޓުތަކުން ހުށަހަޅާ އެ ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް އަންނަ މަހުގެ ފަހުކޮޅު އިއުލާނު ކުރަަން ނިންމާފައި ވެއެވެ. 

އެވޯޑު ދޭނީ އާންމުންގެ ވޯޓު ހިމަނައިގެން ޖަޖުންގެ ޕެނަލަކުން ދޭ މާކްސްގެ މަށްޗަށް ބިނާކޮށްގެން ކަމަށް ހޮޓެލިއާއިން ވަނީ ބުނެފައެވެ. މާކްސް ދޭއިރު ޖަޖުން ބަލާނެ ކަންތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާގެ ޒިންމާ އަދާކުރި ގޮތާއި ކާމިޔާބީ އަދި ކަސްޓަމަރުންގެ ފީޑްބެކް ހިމެނެއެވެ.

މި އެވޯޑު ދޭނީ ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވާ ހާއްސަ ގާލާ ނައިޓު ހަފްލާއެއްގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް