ads
ރައީސް ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރެއްވުން
ފޫޖިއާންގެ ދާރުލްއާސާރަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ޗައިނާގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ވަނީ ބައްލަވާލައްވާފަ އެވެ. އަދި އެ ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ރައީސްގެ ދެކަނބަލުންނަށް ވަނީ މައުލޫމާތު ދެއްވާފައިވެއެވެ. 

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. 

ފަސްދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ގެ އަރިހަށް ސީސީސީ ކޮމްޕެނީގެ ވެރިން އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް