ads
ރައީސްގެ ދެކަނބަލުން ޗައިނާގެ ހޮންގކޮންގ ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫ ޖޮއުގައި ހުންނަ ހޮންދޮން ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަންގެ ފަރާތުން ވަނީ ކުންފުނީގެ މަސައްކަތްތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. އަދި ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުންނަށް އެކުންފުނީގެ މަސައްކަތްތަކާއި އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް