ads
އުއްތުރަ ޕްރަދޭޝްގައި ނިދާފައި ތިއްބާ އެއް އާއިލާއެއްގެ ފަސް މެންބަރުން މަރުވެއްޖެ
އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ އަމްރޯހާ ޑިސްޓްރިކްޓުގައި ނިދާފައި ތިއްބާ އެއް އާއިލާއެއްގެ ފަސް މެންބަރުން މަރުވެއްޖެއެވެ.

އެ މީހުން މަރުވެފައިވަނީ ނޭވާލާން އުނދަގޫވެގެންކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ. ނިދިން ހޭލިފަހުން ނޭވާލާން އުނދަގޫވެގެން ދެ މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. 

އެމީހުން ނިދުމުގެ ކުރިން ގޭތެރޭގައި ކެއްކުމަށް ބޭނުންކުރާ ކޯލް ފަދަ އެއްޗެއް އަވަނެއްގެ ގޭތެރޭގައި އަންދާފައި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

"މަރުގެ ސަބަބަކީ އޮކްސިޖަން ނެތުމުން ކަމަށް ވެދާނެ. ސަބަބަކީ މިމީހުންގެ ކޮޓަރީގައި ހުރި ކޯލް ބްރޭޒިއާއެއް އަންދާލާފައި،" ފުލުހުންގެ އޮފިޝަލެއް ބުނެފައިވެއެވެ.

 

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭއެވެ. 

އެމީހުންގެ ހާލުބަލަން އަވަށްޓެރިން އެގެއަށް ވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެއީ އެގޭގެ ދޮރު ހަވީރު ވީއިރުވެސް ނުހުޅުވާތީއެވެ. އަވަށްޓެރިން އެގެއަށް ވަނީ ދޮރު ވައްޓާލައިގެންނެވެ.

މި ހާދިސާ ހިނގި ގެއަކީ ރަހީޒުއްދީން ކިޔާ މީހަކަށް ނިސްބަތްވާގެއެކެވެ.  އޭނާގެ ތިން ދަރިންނާއި އޭނާގެ ގާތްތިމާގެ މީހެއްގެ ދެ ދަރިން ވަނީ މި ހާދިސާގައި އެކްސިޑެންޓްގައި މަރުވެފައެވެ. 

މި ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ އަނބިމީހާ އާއި ބޭބެގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ކޯލް އަވަނުގައި ކާބަން ޑައިއޮކްސައިޑް، ކާބަން މޮނޮކްސައިޑް ފަދަ ގެއްލުން ހުރި ގޭސްތައް އުފެދެއެވެ. އަދި މިފަދަ އެއްޗެއް ގޭތެރޭގައި އެންދުމަށްފަހު ގޭގެ ދޮރު ލެއްޕުމުން ސާފު ވައި ގެއަކަށް ނުވަންނާނެއެވެ. މި ގޭސްތައް ގިނަ ވަގުތު ބަންދު ތަނެއްގައި ދައުރުވުމުން އޮކްސިޖަން ދައުރުވުން މަދުވެ، ނޭވާހިއްލުން ފަދަ ކަންކަން މެދުވެރިވެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް