ads
ވީއައިއޭއަށް ލޭންޑް ކޮށްފައިވާ ބޯޓެއް: ވީއައިއޭއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އާ ރެކޯޑެއް ހަދައިފައި --
ވެލާނާ އެއާޕޯޓަށް އަނެއްކާވެސް އެއާ ޓްރެފިކް މޫވްމަންޓުގެ ރެކޯޑެއް
925 އެއާ ޓްރެފިކް މޫވްމެންޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާޕޯޓުގެ އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މީގެ ކުރީގެ އެއާ ޓްރެފިކް މޫވްމެންޓް ވީއައިއޭގެ ރެކޯޑް އަދަދަކީ 861 އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީގައި ގާއިމު ކުރި ރިކޯޑް އަދަދެއްކަން ވެސް ފާހަގަކޮއްލެވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވީއައައިއޭގެ އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދު 956 ގައި ރެކޯޑް ކުރެވިފައިވާ ކަމަށާއި އަދި މިއީ ފްލައިޓް މޫވްމަންޓް އިތުރުވެފައިވަނީ ރާއްޖެއަށް ޖައްސަމުންދާ ޖެޓްތަކުގެ އަދަދު އިތުރުވެފައިވާތީ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެ އެވެ.

މީގެ ތެރެއިން 672 އަކީ ސީޕްލޭންގެ މޫވްމަންޓާއި އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 116 މޫވްމަންޓާއި ޖެޓްތަކުގެ 33 މޫވްމަންޓްއެވެ.

އެ ރެކޯޑާ ގުޅިގެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވަނީ އެ ރެކޯޑަށް ވާސިލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް