ހަބަރު /
ރާއްޖެއިން ޗައިނާއާއެކު ސޮއިކުރީ މުހިއްމު އެއްބަސްވުން ތަކެއްގައި
މުހައްމަދު ނަބީލް
10 ޖެނުއަރީ 2024 - 20:03:43
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން 20 އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު މިއަދު ގާއިމް ކުރެވިފައިވަނީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެއަށް ފައިދާ ކުރާނެ ފަދަ މުހިއްމު އެއްބަސްވުންތަކެކެވެ.
މިއަދު ސޮއި ކުރެވުނު އެމްއޯޔޫތަކުގެ ދާއިރާތައް:
- ކާރިސާތަކުގެ ނުރައްކާ ކުޑަ ކުރުން
- ބްލޫ އިކޮނޮމީ ފުޅާކުރުން
- ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުން
- ގްރީން ޑިވެލޮޕްމެންޓް
- ޗައިނާ މީޑިއާ ގްރޫޕާއި ޕީއެސްއެމްގެ މެދުގައި ގުޅުން ބަދަހި ކުރުން
- ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްލޭން
- ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުން
- ހިއުމަން ރިސޯޯސް ޑިވެލޮޕްމެންޓް
- އިކޮނޮމިކް ޑިވެލޮޕްމެންޓް ޕޮލިސީ
- ޖަނަވާރާއި ގަސްގަހާގެހީގެ ރައްކާތެރިކަން
- ދަނޑުވެރިކަމުގެ ގުޅުންތައް ވަރުގަދަ ކުރުން
- ރާއްޖެއާއި ޗައިނާގެ ގުޅުމުގެ އެކްޝަން ޕްލޭޭން
- ގްރާންޓް އެސިސްޓެންސް
- ގްރީން އެންޑް ލޯ ކާބަން ޑިވެލޮޕްމެންޓް
- ސޯޝަލް ހައުސިން މަޝްރޫއު ތަކާއި، ފުށިދިއްގަރު ފަޅު ހިއްކުމާއި، ވީއައިއޭ ބޮޑުކުރުމާއި، މަސް ބަންދުކުރާ ފެކްޓްރީ ތަކާއި، މާލެ އާއި ވިލިމާލޭގެ މަގު ހެދުމާއި ގުޅޭ އެމްއޯޔޫ
- ބްލޫ ޕާޓްނާޝިޕް
- ފަތުރުވެރިކަން
- ރުއްތަކުގެ ޕެސްޓް ކޮންޓްރޯލް
- ލެބޯޓްރީ އާލާތް ތަކުގެ ފީސިބިލިޓީ ސްޓަޑީ
- ހަބަރާއި މައުލޫމާތު
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓުމެންޓުތަކުގެ ފުރުސަތުތަކުގެ މައުލޫމާތު ދީ، އިންވެސްޓަރުން ހޯދުމަށް "އިންވެސްޓު މޯލްޑިވްސް"ގެ ނަމުގައި އިއްޔެ ވަނީ ފޯރަމެއް ވެސް ބާއްވައިފަ އެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސް މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސްމެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް