ads
ރައީސް ޑރ. މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރަން އެއްބާރުލުން ދޭން ޗައިނާ ތައްޔާރު
ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމުގައާއި ސަލާމަތްތެރި ކަމަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޝީ މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި އެ ދެ ބޭފުޅުން އިއްޔެ ބޭއްވެވި ރަސްމީ މަޝްވަރާ ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހާއި ޗައިނާގެ ނޫހެއް ކަމަށް ވާ ޗައިނާ ޑެއިލީއިން ވެސް ހާމަކޮށްފައިވާ ގޮތުގައި ރައީސް ޝީ ވަނީ ރާއްޖޭގެ ކުރިއެރުމަށާއި، މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތް ކުރުމުގައާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި ޗައިނާއިން ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން، މީގެ 52 އަހަރު ކުރިން ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީއްސުރެ އެއް ގައުމުން އަނެއް ގައުމަށް އަބަދުވެސް އިހްތިރާމުކޮށް އެއްބާރުލުން ދީފައިވާ ކަމަށް ދެ ބޭފުޅުންގެ މަޝްވަރާގައި ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޝީ ވަނީ ޗައިނާއަށް ތައުލީމު އުނގެނުނަށް ދާ ދިވެހި ދަރިވަރުންނަށް މަރުހަބާ ކިޔާނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ސީދާ ދަތުރުތައް އިތުކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެ ރައީސުންގެ އެ ބައްދަލުކުރެއްވުމަށްފަހު ރާއްޖެއާއި ޗައިނާއާ ދެމެދު އިއްޔެ ވަނީ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސްމެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް