ads
މާފުށީ ޖަލު ބޭރު
މާފުށީ ޖަލު ގޮޅިއެއް ރިމާންޑް ޖަލަކަށް ބަދަލުކޮށްފި
މާފުށީ ޖަލުގެ އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ ގޮޅިއެއް ރިމާންޑް ޖަލަކަށް ބަދަލުކޮށްފި އެވެ.

މިނިސްޓްރީން އޮފް ހޯމް ލޭންޑް ސެކުއުރިޓީގެ ޓެކްނޯލޮޖީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ވަނީ އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ ގޮޅިއެއް ރިމާންޑް ޖަލަކަށް ބަދަލުކުރެވިފައިވާކަމަ ށެވެ.

މި މިނިސްޓްރީން ބުނީ ކ.މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއްކަމުން އެގޮޅި އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. 

މިކަން މި ގޮތަށް ނިންމާފައިވަނީ 8 ޖެނުއަރީ 2023 ވަނަ ދުވަހުކަމަށް މި އިއުލާނުގައި ވެއެވެ.  

މީގެ އިތުރުން އެ ގޮޅި ދެން ހިންގުމުން ދާނީ މޯލްޑިވްސް ކަރެކްޝަނަލްގެދަށުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް