ads
ރައީސް ޗައިނާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ޗައިނާ އިން ރާއްޖެ އަށް 1000 ސްކޮލަޝިޕް ދީފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ޗައިނާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޗައިނާ އިން ދިން 1،000 ސްކޮލާޝިޕަކީ ފަސް އަހަރަށް ބަހާލައިގެން ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖައްސައިދީފައިވާ ސްކޮލާޝިޕް ތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސްކޮލަޝިޕްގެ ފުރުސަތުގެ ތެރެއިން ކޮންމެ އަހަރަކު 200 ފަރާތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ޗައިނާއާއެކު ސޮއިކުރައްވާފަ އެވެ. އޭގެތެރޭގައި ޢުމްރާނީ، އިޤްތިޞާދީ އަދި ފަންނީ ދާއިރާ ހިމެނެ އެވެ.

މީގެ އިތުރުން ރައީސާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވާ ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހިކުރެއްވުމަށް މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފަ އެވެ. އަދި މި މަޝްވަރާތަކަކީ ކާމިޔާބު އަދި ރާއްޖެއށް ފައިދާހުރި މަޝްވަރާތަކެއް ކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް