ads
ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި
މުދަލުގެ ޒަކާތުގެ ނިސާބު ދަށްކޮށްފި
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބުގެ ދިވެހި ރުފިޔާގެ މިންވަރު ދަށްކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން މިއަދު އަދަދު ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު މުދަލު ޒަކާތުގެ ނިސާބުގެ ނިސްބަތަކީ 7،140ރ. ކަމަށެވެ. އެހެންވެ ދެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރެން ޖެހޭނީ މިހާރު ކަނޑައެޅިފައި އޮތް މިންވަރެވެ.

މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އަ އެވެ. އެގޮތުން މެއި މަހު ނިސާބަށް ކަނޑައެޅު މިންވަަރަކީ 7،312.55ރ. އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟުކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް